5900 ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާން ފަށައިފި

ޚަބަރު ފަހުގެ

މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް، އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިހާން މިއަދު ފަށައިފި އެވެ.

އެ އިމްތިހާން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ އިމްތިހާނުގައި އާޓް އެންޑް ޑިޒައިން ޕޭޕަރު ހަދާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރިލް މަހުގެ 13 އަދި 14 ގައި ވަނީ ބާއްވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށެވެ.

އޭގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އެސްއެސްސީ އިމްތިހާނު ކުރިއަށްދާނެ ކަމަށް ބުންޏެވެ.

މިއަހަރުގެ އިމްތިހާނުތަކުގައި ޖުމުލަ 5،939 ދަރިވަރުން ބައިވެރިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ