ކަރަންޓު ބިލުގެ ޖުރިމަނާ މާފު ކުރެވޭނެ ގޮތެއް ހަދަނީ

ޚަބަރު ފަހުގެ

ސްޓެލްކޯ ކަރަންޓު ބިލަށް އަރާ ޖުރިމަނާ މާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކަރަންޓު ބިލުގެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް މިހާތަނަށް ހެދިފައި ނެތުމުން އެކަމުގެ ދަތި ރައްޔިތުން އުފުލަންޖެހޭ ކަމަށެވެ. އެހެން ކަމުން އެފަދަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަރީފް ވިދާޅުވީ ބިލު ދައްކާ ފަރާތުގެ ބާރުގެ ދަށުގައި ނެތްކަމެއް ނުވަތަ އޭނާއަށް ނޭންގޭ ކަމެއް ދިމާވެދާނެ ކަމަށާއި، އެފަދަ ކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާނަމަ އެ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަކަމަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހިދުމަތްތައް ޒަމާނީ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެއްފަހަރު ހިދުމަތަށް އެދޭ ފަރާތަކުން ދެވަނަ ފަހަރަށް ހިދުމަތަށް އެދޭނަމަ ދެވަނަ ފަހަރަށް ފޯމު ފުރުން ފަދަ ތަކުލީފުތައް ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ