ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި

ޚަބަރު ފަހުގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ. މިއީ އެމަނިކުފާނު ސޯޝަލް މީޑިއާގައި ބޭނުންކުރައްވާނެ ރަސްމީ އެކައުންޓެވެ. މީގެ ކުރިން މިފަދަ އެކައުންޓެއް އެމަނިކުފާނު ގެންގުޅުއްވާފައެއް ނުވެއެވެ. މި އެކައުންޓު އެމަނިކުފާނު ހުޅުވާފައިވަނީ މިއަދު އިރުއޮއްސި 19:19 ގައެވެ. 

ބިސްމީގެ ބަރަކާތުން ޔާމީންގެ ފުރަތަމަ ޓްވިޓާ ކުރެއްވިއިރު ދެވަނަ ޓްވީޓުގައި ވަނީ ގައުމީ ދިދައާއެކު ދިވެއްސަކަށް ވީތީ ފަހަރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޔާމީންގެ ޓްވިޓާ އެކައުންޓުގައި މިވަގުތު 500 އަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު އެމަނިކުފާނު ހަމައެކަނި ފޮލޯ ކުރައްވާފައިވަނީ ޕީޕީއެމްގެ އެކައުންޓެވެ.

ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނެއް ޓްވިޓާ ބޭނުން ކުރައްވަމުން ގެންދަވާއިރު، ޓްވިޓާ އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ