ހެންވޭރު ސިޓީ ބޭކަރީ ގޯޅިތެރޭ މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި

ޚަބަރު ފަހުގެ

ހެންވޭރު ސިޓީ ބޭކަރީ ގޯޅިތެރޭ މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

މިރޭ 02:15 ހާއިރު ހިނގި އެމާރާމާރީ ހިނގި ސަރަހައްދުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރި ވަމުން އަންނައިރު، އޭގެ ތެރޭގައި ފޮރެންސިކް ފުލުހުން ވެސް ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވަނީ އެ ސަރަހައްދުން ދެ ސައިކަލެއް ވެސް ޓޯކޮށްގެން ގެންގޮސްފައެވެ. ބެލެވޭ ގޮތުގައި އެއީ މާރާމާރީގައި ބައިވެރިވި މީހުންނާ ގުޅުން ހުރި އުޅަނދުތަކެކެވެ.

މިއީ މިރޭ މާލޭ ސަރަހައްދުގައި ހިނގި ތިންވަަނަ މާރާމާރީއެވެ. މިރޭ އިރާކޮޅު ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީއެއް ހިންގާފައެވެ. އެ ހާދިސާތަކުގައި ޒަޚަމްވި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މާރާމާރީތަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ