ސައީދު ހޯދުމަށް 1000 މީޓަރުގެ ސަރަހައްދެއް ބަލައިފި

ޚަބަރު ފަހުގެ

ޏ. ފުވައްމުލަކު ބޭރުން ޑައިވިން ކުރަނިކޮށް ގެއްލިގެން ހޯދަމުންދާ މުހައްމަދު ސައީދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 1000 މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފްގެ ޑައިވަރުންގެ އިތުރުން ފުވައްމުލަކުގެ ޑައިވަރުން ހިމެނޭހެން، ސައީދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފާއިތުވި ތިން ދުވަހު 1000 މީޓަރު (3200 ފޫޓް) ގެ ސަރަހައްދެއް ޑައިވްކޮށްގެން ބެލިއްޖެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ފާއިތުވި ތިން ދުވަހު ސައީދު ހޯދުމަށް ކުރިމަސައްކަތުގެ ތެރެއިން ޑައިވްކޮށްގެން ބަލާފައިވާ ސަރަހައްދުގެ ފުންމިނުގައި 85 މީޓަރު ހުންނާނެ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މުހައްމަދު ސައީދު ޑައިވިނަށް ފޭބީ މިމަހުގެ 2 ވަނަ ދުވަހުގެ 14:30 އެހާކަންހާއިރުއެވެ. އޭނާ ފީނަން ފޭބިއިރު ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެކެވެ. އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ