ބޭ އޮފް ބެންގޯލްގައި އުފެދުނު ދެ ކޮޅިގަނޑުވެސް ޠޫފާނަކަށް ބަދަލުވެއްޖެ

ޚަބަރު ފަހުގެ

ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ، މިކަމުގެ އަސަރު ނުސީދާގޮތުން ރާއްޖެއަށް ކޮށްފާނެކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބޭ އޮފް ބޭންގޯލްގެ މެދުތެރޭގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ޠޫފާނަކަށް ބަދަލުވެފައިވާކަމަށެވެ. މި ޠޫފާނަށް ދީފައިވަނީ “އަސަނި” މި ނަމެވެ. މި ޠޫފާން މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށާއި ދިމާލަށްކަމަށާއި، މިމަހުގެ 10 ވަނަ ދުވަހު އެ ސަރަޙައްދުގެ އައްސޭރިފަށާއި ވަރަށް ކައިރިއަށްގޮސް، އޭގެ މިސްރާބު އުތުރަށް ބަދަލުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކުރިއަށްއޮތް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދު ޠޫފާން “އަސަނި”ގެ ބާރު އިތުރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ދެވަނަ ކޮޅިގަނޑުވެސް މިހާރު ޠޫފާނަކަށް ބަދަލުވެފައިވާއިރު، މި ޠޫފާނަށް ދީފައިވަނީ “ކަރިމް” މި ނަމެވެ. މި ޠޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާއި ވަރަށް ދުރުން، އިންޑޮނޭޝިއާއި އޮސްޓްރޭލިއާ ސަރަޙައްދަށްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މި ދެ ޠޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނުން އައްޑޫސިޓީއަށާއި ފުވައްމުލައް ސިޓީއަށް ވައިގަދަވެ ވިއްސާރައިގެ އަސަރުކުރާނެކަމަށާއި، މެދުރާއްޖެތެރޭގެ ކަނޑުތައްވެސް ގަދަވެފައި ކެރީގެ އަސަރުކުރާނެކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ