ނަހުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކޮށްފި

ޚަބަރު ފަހުގެ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ، ޕީޕީއެމް އިން ވަކިކޮށްފި އެވެ.

ނަހުލާ އާއި އޭނާގެ މަންމަ އަދި އެ ޕާޓީގެ މެމްބަރެއް ވެސް ކަމަށްވާ އައިމިނަތު ލީލާގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަންފެށީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް، އެ ދެމައިން “އެންޓި ކެމްޕެއިން” ކުރާކަމުގެ މައުލޫމާތު ހެއްކާ އެކު ލިބިފައިވާ ކަމަށް ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ނަހުލާގެ ފޭސްބުކް އެކައުންޓްގައި، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް އޭނާ ދައްކާފައިވާކަމަށްވެސް އެ ޕާޓީން ތުހުމަތުކުރި އެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ދާދި ދެންމެ ނިންމީ ނަހުލާ އާއި އޭނާގެ މަންމަ ޕާޓީން ވަކިކުރުމަށެވެ.

އޭގެ އިތުރުންވެސް، ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ޕީޕީއެމުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ ކަންކަން ކުރުމުގައި ނަހުލާއާއެކު އޭނާ އަށް ވާގިވެރިވުމުގައި އޭނާގެ މަންމަގެ އިތުން ޕީޕީއެމުން މިހާރު ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީ ވެސް ހިމެނޭ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، 2024 ގެ ނިޔަލަށް އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ނަހުލާ އަށް ވާދަ ނުކުރެވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޕާޓީގެ ސުލޫކީ ކޮމެޓީން އޭނާ ސަސްޕެންޑުވެސް ކުރި އެވެ. އެކަމަކު އޭނާ ޕާޓީން ވަކިކުރު އިރު މިދިޔަ މަހުގެ ތެރޭގައި އެ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ