ސިޓީ އަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

ކުޅިވަރު ފަހުގެ

ނިއުކާސަލް ޔުނައިޓެޑް 5-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 35 މެޗުން ލިބުނު 86 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 35 މެޗުން ލިބުނު 83 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ލީގުގައި ބާކީ ދެން އޮތީ ތިން މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 19 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލު ސްޓާލިން ކާމިޔާބު ކުރީ ކަންސެލޯ ބޮލުން ދިން ޕާހެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ. އަދި މެޗުގެ 38 ވަނަ މިނެޓްގައި ސިޓީގެ ޑިފެންޑަރު ލަޕޯޓް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު މެޗުގެ 61 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ފިލް ފޮޑެން ކާމިޔާބުކޮށްދިންއިރު ފަސްވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ސްޓާލިން އެވެ.

ލީގުގައި ސިޓީ އަށް ބާކީ އޮތް ތިން މެޗަކީ ވުލްްވްސް އާއި ވެސްޓްހަމް ޔުނައިޓެޑް އަދި އެސްޓަންވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ. ލިވަޕޫލުން ލީގުގެ ފަހު ތިން މެޗުގައި ބައްދަލުކުރާނީ އެސްޓަންވިލާ އާއި ސައުތްހެމްޓަން އަދި ވުލްވްސްއާ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ