ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފައްޔާޒަށް ތާއީދުކޮށް ޕޯސްޓަރު ހަރުކޮށްފި

ހަނިމާދޫ ފަހުގެ ސިޔާސީ

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ފައްޔާޒަށް ތާއީދުކޮށް ޕޯސްޓަރު ހަރުކޮށްފިއެވެ.

ފައްޔާޒް އަދި ރޮޒޭނާ އަށް ތާއިދުކޮށް ހިންގާލަން ޕޯސްޓަރު އެ ސެންޓަރުގައި ހަރުކޮށްފައި ވަނީ ރޭ އިރާކޮޅުގެެ ވަގުތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މަންޒަރުދުއް ފަރާތްތަކުން ނަން ނުޖެހުމަށް ޝަރުޠުކޮށް ބުނީ އެ ޕޯސްޓަރު ހަރު ކުރުމުގައި ހަނިމާދޫ ކައުންސިލުގެ އެމްޑީޕީ އަށް ނިސްބަތްވާ ފިރިހެން މެންބަރުން އުޅުނު ކަމަށާއި، އެ ޕޯސްޓަރު ހަރުކޮށްފައިވަނީ ހަނިމާދޫ ކައުންސިލުގެ ފާރުގައި ހަރުކޮށްފައިވާ ޖޮބު މޯލްޑިވްސް އިސްތިހާރު ނައްޓާލުމަށް ފަހު، އެފިލާ ބޭނުންކޮށްގެން ކަމަށެވެ.

މިއީ ސިޔާސީ ޕާޓީއެއްގެ އިންތިހާބެއްގައި ހަނިމާދޫގައި ހުރި ސަރުކާރު މުއައްސަސާއެއްގައި މިފަދައިން ޕޯސްޓަރު ހަރުކުރި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ