ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް 2022ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

ހަނިމާދޫގެ ދެ ޖިންސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.


މި މުބާރާތުގައި ބައިވެރިވެލައްވަން ޝަޢުޤުވެރިވެ ލައްވާ ޓީމްތަކުން 26 މެއި 2022 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން ހަނިމާދޫއަށް ނިސްބަތްވާ ޓީމްތަކަށެވެ.

ހަނިމާދޫގައި ރަޖިސްޓަރީވެފައި ނެތް ނަމަވެސް ހަނިމާދޫގައި ދިރިއުޅެމުން ދާ ފަރާތްތަކަށް މުބާރާތުގައި ހަނިމާދޫގެ ކުޅުންތެރިންގެ ގޮތުގައި ކުޅުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޓީމް ލިސްޓުގައި ބިދޭސީ ކުޅުންތެރިއަކު ހިމަނާނަމަ އެ ކުޅުންތެރިއަކީ ވެސް ހަނިމާދޫގައި ދިރިއުޅެމުން އަންނަ ފަރާތަކަށް ވުން ވަނީ ލާޒިމް ކޮށްފައެވެ.

މި މުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް، އެ ޓީމަކުން ބޭނުންވެއްޖެ ނަމަ ރަށުން ބޭރު އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަނިމާދޫ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އެ އިދާރާގެ ރިސެޕްޝަނުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ކުރިއަށް ދާނެކަމަށެވެ.

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9836544 ނަމްބަރު ފޯނާއި ގުޅުއްވުމަށް ހަނިމާދޫ ކައުންސިލުން އެދިލައްވައެވެ.


މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 03 ޖޫން 2022 ވާ ހުކުރު ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ