އީސީގެ ކުރީގެ ނައިބު ރައީސްވެސް ސްޓެލްކޯގެ އިސްމަޤާމަކަށް

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ސްޓެލްކޯގެ އިސް މަޤާމަކަށް އައްޔަންކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް ހާސިލްކުރައްވަފައި ވާ އަކްރަމަށް ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުކަން ލިބުނީ އެ މަގާމަށް ކުރިމަތިލައި، އިންޓަވިއުއިން ފާސްވެގެންނެވެ. މި ހަފުތާގައި އަކްރަމް ވަނީ މަސައްކަތަށް ނުކުމެވަޑައިގަންނަވަން ފައްޓަވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަކްރަމް ސްޓެލްކޯއާ ގުޅިވަޑައިގެންފައިމިވަނީ އީސީގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ސްޓެލްކޯގެ އެމްޑީ ކަމާއި ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ