މިއަދު މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދުތަކަށް މޫސުމް ގޯސް

ޚަބަރު ފަހުގެ

މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން މިއަދު މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ވަނީ، މެދުރާއްޖެތެރޭގެ ސަރަހަައްްދުތަކަށް މޫސްމް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 10:30 އިން 14:30 އަށެވެ. ޔެލޯ އެލާޓް ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 8:15 އިން މެންދުރުފަހު 14:15 އާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ރ.އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެެވެ. ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިކަމާއި ގުޅިގެން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ