އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %37 އިތުރުވެއްޖެ

ޚަބަރު ފަހުގެ

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަނީ، 37 އިންސައްތަ އިތުރުވެފައެވެ.

2021 ވަނަ އަހަރުގެ މާޗް މަހު 265 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއަހަރުގެ މާޗް މަހު މި އަދަދުވަނީ 362 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފާއިތުވި އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެއިތުރުން، މިއަހަރުގެ އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 37 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޭޕްރިލް މަހު 265 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 362 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން ،އިންޑިއާ އަދި ޔޫ.އޭ.އީ އެވެ. އޮމާން އިން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 655 މިލިއަން ރުފިޔާގެ މުދާ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 534 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، ޖަރުމަނުވިލާތް، އިންޑިއާގެއިތުރުން އިޓަލީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ