ސައިރެންގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓު ވެއްޖެ

ޚަބަރު ފަހުގެ

ސައިރިންގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން ބުނީ އޯކިޑުމަގުން ސައިރިންގައި ދުއްވާފައިދިޔަ އެމްބިއުލާންސެއް އެ މަގުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:55 ހާއިރު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އެކްސިޑެންޓްގައި އެ މަގުގައި ޕާކު ކޮށްފައި ހުރި ބައެއް ސައިކަލުތަކަށާއި އެމްބިއުލާންސަށް ގެއްލުންވި ނަަމަވެސް އެ އެކްސިޑެންޓުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ