އަނދުން ހުސެއިނަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުގެ މައްސަލަ ސުލޫކު ކޮމިޓީންވެސް ބަލަނީ

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީންވެސް ބަލަން ނިންމައިފިއެވެ.

މި މައްސަލަ މީގެ ކުރިން ވަނީ، ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީއިންވެސް ބަލަން ފަށާފައެވެ. އާއްމު ކޮމިޓީން މި މައްސަލަ ބަލަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތައް ހިމެނޭ މެސެޖުތަކުގެ ޗެޓްލޮގް ހޯދުމަށް އަނދުން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވުމާ ގުޅިގެން، އެކަމާބެހޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއްމު ކޮމިޓީގެ ލަފައަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އިމްތިޔާޒާއި ސުލޫކު ކޮމިޓީން މައްސަލަ ބަލަން ފެށީ، ރައީސް ނަޝީދު އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ގޮތުން އޭނާއަށް ނުރައްކާވާނެތީ އާއި، އެ ތުހުމަތުތަކުގެ ސަބަބުން އޭނާގެ ހައްގުތަކާއި އަބުރަށް އުނިކަންއަންނާތީ އެ މައްސަލަ ބަލައިދިނުމަށް އަނދުން ހުސެއިންގެ ފަރާތުން ކޮމިޓީއަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ ކޮމިޓީއަށް ބަލައިގަނެ ކުރިއަށް ގެންދަން ނިންމާފައިވަނީ އެ މައްސަލައާ ބެހޭގޮތުން ދެންމެ އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ