އެޗްޑީސީގެ އެޕްރެންޓިސްޝިޕަށް ހުޅުވާލައިފި 

ޚަބަރު ފަހުގެ


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ސީއެސްއާރު މަސައްކަތްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ މުޖުތަމަޢުގައި ހުނަރުވެރި މަސައްކަތްތެރިން ކުރިއެރުވުމާއި، އެފަދަ ފަރާތްތަކަށް ކުރިއަށްދެވޭނެ މަގު ތަނަސްކޮށްދިނުމެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮގްރާމުގައި ޢަމަލީގޮތުން މަސައްކަތް ކުރުމާއެކު ކްލާސްރޫމް ސެޝަންތަކެއްވެސް ކުރިއަށްގެންދެވޭނެއެވެ. ހަ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ޕްރޮގްރާމަށް ހުޅުވާލާފައިވަނީ 100 ޖާގައެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އެ ފަރާތަކީ އޯލެވެލް ފުރިހަމަކޮށްފައިވާ ނުވަތަ އެމްކިޔުއޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ޙާޞިލުކޮށްފައިވާ ފަރާތަލަށް ވާންވާނެއެވެ. ބައިވެރިން ހޮވުމުގައި ތަމްރީންކުރެވޭ ދާއިރާތަކުން ކުރިއަށްދިއުމަށް ގަސްތުކުރާ ފަރާތްތަކަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެކެމަށް އެޗްޑީސީން ބުންޏެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ފަރާތަކަށް އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބިގެންދާނެއެވެ. އަދި ޕްރޮގްރާމް ނިމިގެންދާއިރު، އެންމެ ރަނގަޅު ފަރާތްތަކަށް އެޗްޑީސީގައި ވަޒީފާގެ ފުރުޞަތު އޮތް މިންވަރަކުން ވަޒީފާ ހަމަޖެހިގެންދާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ޖޮބްސެންޓަރުގެ އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ