ވައިގެ މަގުން ރާއްޖެއަށް 2 ކިލޯގެ ކޮކެއިން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ވައިގެ މަގުން ރާއްޖެއަށް 2 ކިލޯގެ ކޮކެއިން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމުން ބުނީ، މަސްތުވާތަކެތި އަތުލައިގެންފައިވަނީ ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އޭނާ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވަނީ އޭނާ އާއި މެދު ޝައްކު ކުރެވިގެން ލެގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި އެއިދާރާއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 10،000،000.00 (ދިހަ މިލިއަން) ރުފިޔާއަށް އަރާ ކަމަށާއި މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ