ކުޅުދުއްފުށި ދޮށި ބޯޓު ނައިފަރުން ކަނޑުތޮށީގައި ޖެހި ގެއްލުންތަކެއް ލިބިއްޖެ

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީއާއި، މާލެއާ ދެމެދު ދަތުރުކުރާ “ދޮށި” ބޯޓް ޅ.ނައިފަރު ކަނޑުތޮށީގައި ޖެހި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ބޯޓް ނެރު ތޮށިގަނޑުގައި ޖެހުނީ މާލެއިން ކުޅުދުއްފުއްޓަށް ކުރަމުންދާ ދަތުރުގައި ނައިފަރަށް ވަދެފައި ނުކުންނަނިކޮށް މިރޭގެ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ބޯޓްގެ ދެ ހިސާބަކުން ފަޅައިގެން ގޮސް ދިޔަވަމުންދާއިރު، އެތަންތަން ބެއްލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ނައިފަރު ރައްޔިތުންނާއި، އެމްއެންޑީއެފް އަދި ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ބޯޓް މިވަގުތު އޮތީ ނައިފަރު ފަޅުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ