އެމްއެންޔޫން އޮގަސްޓްގައި ފަށާ ކޯސްތަކަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

އަންނަ އޮގަސްޓް މަހުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ފަށާ ކޯސްތަކުގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވަސިޓީން ބުނީ އޮގަސްޓްގައި ފަށާ ކޯސްތަކުގައި ފީއެޗްޑީ ފިޔަވައި އެހެން ހުރިހާ ލެވެލްއެއްގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން 10 ފެކަލްޓީއަކުން 89 ކޯހަކުން 5،615 ޖާގަ ވަނީ ހުޅުވާލާފަ އެވެ. މި ހުރިހާ ކޯސްތަކެއް އެމްއެންޔޫގެ އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ހިންގާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ކޯސްތަކުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ މި މަހުގެ 28-29 އެވެ. އަދި ކޯސްތަކުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ 14 ގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ