ފްލައިންގ ސްކޫލަށް ގެނައި ބޯޓުތަކުގެ ޓެސްޓް ދަތުރުތައް ބާއްވައިފި

ޚަބަރު ފަހުގެ

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޕްރެކްޓިކަލް ކްލާސްތައް ފެށުމަށް ގެނެސްފައިވާ މަތިންދާބޯޓުތަކުގެ ޓެސްޓު ދަތުރުތައް ބާއްވައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މިބޯޓުތަކުގެ ޓެސްޓް ދަތުރުތައް ބާއްވާފައިވަނީ އިއްޔެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވިއަން އެވިއޭޝަން އެކަޑަމީން ވަނީ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ކުލާސްތައް ފެށުމަށް 6 ބޯޓެއް ގެނެސްފައެވެ.

އައިލެންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު ޖެނިފާ ވިދާޅުވީ މިބޯޓުތައް އެސެމްބަލްކޮށް، ހޮނިހިރު ދުވަހު ފްލައިޓުތަކުގެ ޓެސްޓު ދަތުރުތައް ބާއްވާފައިވާކަމަށެވެ. އަދި ސިވިލް އެވިއޭޝަނާއި ގުޅިގެން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އޯޑިޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ދަރިވަރުންގެ ކުލާސްތައް ފެށޭނެ ތާރީޚެއް ތާވަލުކުރާނީ އޮޑިޓަށްފަހުގައިކަމަށް ޖެނިފާ ވިދާޅުވިއެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަނާާއި އެމްއެންޔޫ ގުޅިގެން ހިންގާ މި ފްލައިން ސްކޫލަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، ސްކޫލެކެވެ. މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ