ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޚަބަރު ފަހުގެ

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ މި ޕްރޮގްރާމަކީ އެ ކުންފުނީގެ މަސައްކަތު މާހައުލަކީ މުވައްޒަފުންނަށް ރައްކާތެރި، ހިތްފަސޭހަ އަދި ސާފުތާހިރު ތަނަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލުމުގެ އިތުރުން ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ އެތަކެތި ނީލަން ކިޔަން ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ “ރައްކާތެރި މަސައްކަތުގެ މާހައުލެއް – ޚިދުމަތް ދިނުމުގެ ރޫޙް” އެވެ.

މި ޕްރޮގްރާމް މިއަދު ވަނީ ސްޓެލްކޯ އިން ހިދުމަތްދޭ 35 އިންޖީނުގޭގައި ކުރިއަށް ގެންގޮސްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ