އެއްވެ އުޅުން ހަނިކުރާ އިސްލާހު ބާތިލުކުރަން ހައި ކޯޓަށް

ޚަބަރު ފަހުގެ

އެއްވެ އުޅުން ހަނިކުރުމަށް މިދިޔަ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ‘ދިޔަރެސް’ ނޫހުގެ ތިން ފައުންޑަރުންގެ ފަރާތުންނެވެ. ކޯޓުގައި އެ ފަރާތްތައް ތަމްސީލުކުރާނީ އޮކްސްފޯޑު ޔުނިވާސިޓީން ގާނޫނީ ދާއިރާ އިން މާސްޓާސް ހާސިލްކުރި އަހްމަދު ޝައްފާން މުހައްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ނިމިގެން ދިޔަ 18 ވަނަ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅާފައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިބި ހުރިހާ ޕާޓީއެއްގެ ބޭފުޅުން ދެކޮޅު ހަދައި އަޑުއުފުލާފަ އެވެ.

މި އިސްލާހު ބާތިލުކުރެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ