ރާއްޖޭން ކުރިން ނުފެންނަ ވައްތަރެއްގެ ދޫންޏެއް ފެނިއްޖެ

ޚަބަރު ފަހުގެ

ރާއްޖެއިން މީގެ ކުރިން ނުފެންނަ ވައްތަރެއްގެ ދޫންޏެއް ލ. ހިތަދޫން ފެނިފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، މިދިޔަ ހުކުރު ދުވަހު ފެނުނު ދޫންޏަކީ ސްޓޯކް އާއިލާއަށް ނިސްބަތްވާ ވައިޓް ސްޓޯކްއެއް ކަމަށެވެ. އެއީ މީގެ ކުރިން ފެނިފައިވާ ކަމަށް ރެކޯޑުކޮށްފައިވާ ނުވާ ބާވަތެއްގެ ދޫންޏެއް ނޫން ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ވައިޓް ސްޓޯކްގެ ހަށިގަނޑުގެ ބޮޑު ބައި ހުންނަނީ ހުދު ކުލައިގެންނެވެ. ނަމަވެސް ފިޔަގަނޑުގެ އެއްބައިގައި ކަޅު ކުލަވެސް ހުރެއެވެ. އަދި ތުން ހުންނަނީ ރަތް ކުލައިގަ އެވެ. އަދި މިއީ ވަރަށް ދުރަށް ހިޖުރަކުރާ ދޫންޏެކެވެ.

އީޕީއޭ އިން ބުނީ، ފިނި މޫސުމުގައި ދެކުނު އިންޑިއާ ސަރަހައްދުގައި އެ ބާވަތުގެ ދޫނިތައް ވަރަށް މަދުން ފެންނަ ކަމަށާއި ލަންކާއިންވެސް ދޭތެރެއަކުން ފެންނަ ކަމަށެވެ.

އާބާދީތައް ދިރިއުޅެނީ އުތުރު އެފްރިކާ، މެދު އިރުމަތި އަދި ޔޫރަޕުގަ އެވެ. ނަމަވެސް އެ ސަރަހައްދުތަކުން މިހާރު އޭގެ އާބާދީ މަދުވެ، ބޮޑު އާބާދީއެއް މިހާރު އުޅެނީ ސްޕެއިން، ޕޯޗުގަލް އަދި ބޮލްޓިކް ސަރަހައްދުގަ އެވެ.

މި ވައްތަރުގެ ދޫނިތައް އާންމުކޮށް ކައި އުޅެނީ ކުދި މަންމަލި ޖަނަވާރުތަކާއި ބޮކާއި ބޮޑެތި ސޫފާއި ސުއިއްޕެވެ. އަދި ކުޑަ ރެޕްޓައިލްގެ ބާވަތްތަކާއި މަސްތަކާއި އެހެން ދޫނިތަކުގެ ބިސްތައް ވެސް ކައި އުޅެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ