ޗެމްޕިއަންސް ލީގު : ބަޔާން ފައިނަލަށް

ކުޅިވަރު ފަހުގެ

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރޭ ބަޔާން އާއި ފުރާންސްގެ ލިޔޯން ބައްދަލު ކުރި މެޗު ބަޔާން މެނިކް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފިއެވެ. ބަޔާން ލިޔޯންގެ މައްޗަށް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ގްނާބްރީއެވެ.  33 ވަނަ މިނެޓުގައި ބަޔާންއަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ގްނާބްރީއެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަޔާނުން ވަނީ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިމިޗްގެ އެހީތެރިކަމާއެކު އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި އޭނާ ޖެހި 15 ވަނަ ގޯލެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ