ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ރިސޯޓުތަކުގެ ލިސްޓެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާއިން މިއަދު އާންމުކުރި 12 ރިސޯޓަކީވެސް “އެންފޯސްމަންޓް ޕޮލިސީ” އުވާލުމަށްފަހުވެސް ބިމު ކުލި ނުދައްކާ ފަރާތްތަކެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
ކުލި ނުދައްކާ ރިސޯޓުތައް
- އަބްދުﷲ އަލީ (ޓްރިޕްލް އޭ) – ހދ. ހޮނޑާފުށި (ހޮނޑާފުށި އައިލެންޑް ރިސޯޓު)
- އޭބީއެން ޕްރައިވެޓް ލިމިޓެޑް – ރ. ކޮއްޓެފަރު (ބްރެނިއާ ކޮއްޓެފަރު)
- އަތަމާ މެރީން އިންޓަނޭޝަނަލް – ބ. ކިހާދުއްފަރު (ކިހާ މޯލްޑިވްސް)
- ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް – ށ. ވަނގާރު (ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް)
- ހެވީ ލޯޑް މޯލްޑިވްސް – ލ. ފަރެސް އަދި ކުޑަފަރެސް (ރަހާ ރިސޯޓު)
- މެދުފުށި އިންވެސްޓްމަންޓް – މ. މެދުފުށި (މެދުފުށި އައިލެންޑް ރިސޯޓު)
- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް – ކ. އެރިޔަދޫ (އެރިޔަދޫ އައިލެންޑް ރިސޯޓު)
- ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް – އދ. ތެލުވެލިގާ (ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް)
- ޓްރިޕްލް އޭ އެންޑް ޓްރޭޑިން ކޮމްޕެނީ – ފ. ފިލިތެޔޮ (ފިލިތެޔޮ އައިލެންޑް ރިސޯޓު)
- ސަންލޭންޑް ހޮޓެލްސް – ބ. ދުނިކޮޅު (ކޮކޯ ޕާމް ދުނިކޮޅު)
- ސަންލޭންޑް ޓްރެވަލްސް – ކ. މަކުނުދޫ (މަކުނުދޫ އައިލެންޑް ރިސޯޓު)
- ސައުތު ޕާމް މޯލްޑިވްސް – ސ. ކެޑަވާހެރާ އާއި އިސްމަހެލަހެރޭ (ސައުތު ޕާމް ރިސޯޓު މޯލްޑިވްސް)
ރިސޯޓުތަކުގެ ކުއްޔަކީ ދައުލަތަށް ބޮޑު އާންމުދަނީއެއްލިބޭ ވަސީލަތަކަށްވާއިރު 2020 ވަނަ އަހަރާއި ހަމައަށް ދައުލަތަށް ނުލިބި 17 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ.


