ބަސްތައް ޕާކު ކުރަން އެމްޓީސީސީއަށް ހުޅުުމާލެއިން ބިމެއް ދީފި

ޚަބަރު ފަހުގެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސްތައް ޕާކުރާން ހުޅުމާލެއިން ބިމެއް ދީފި އެވެ.

ހުޅުމާލެއިން ބަސްތައް ޕާކުރަން އެމްޓީސީސީއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސެއިން މޫސާ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީގެ ބަސްތައް ޕާކުކުރަން ދީފައިވާނީ ބުރިޖުން ހުޅުމާލެ އަންނައިރު ހުންނަ ބަސް ޓާމިނަލެވެ.

އެމްޓީސީސީން ދަނީ ގްރޭޓާ މާލޭގެ ބަސްދަތުރުތައް ޑިމާންޑާއި އެއްވަރަށް އިތުރު ކުރުމަށް އިތުރު ބަސްތައް ގެންނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި15 ބަސް ރާއްޖެ ގެނެސްފައިވެ އެވެ.

އެމްޓީސީސީން ބުނީ އެ ބަސްތަކާއި އެކު ފޭސް 2 ގައި ދިމާވަމުންދާ ބަސް ދަތުރުތަކުގެ ތާށިކަމަށް ހައްލު ލިބޭނެ ކަމަށެވެ. އެ ބަސްތައް ބޭނުން ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ