ހަނިމާދޫ ކައުންސިލުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރު.އެޗް) އިސްވެރިންނާއި ބައްދަލު ކޮށްފިއެވެ.
މި ބައްދަލު ވުމާއި ގުޅޭގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މިބައްދަލު ވުމުގެ މައިގަނޑު މަގުސަދަކީ ހަނިމާދޫގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް ހަނިމާދޫ ސިއްހީ މަރުކަޒު މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަޝްވަރާކުރުން ކަމަށް ވިދާޅުވިއެވެ.
އަދި މި ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކާއި މަޝްވަރާ ކުރެވުނު ކަމަށާއި ޚާއްސަކޮށް މާބަނޑު އަންހެނުން ހަނިމާދޫގައި ތިބިގެން ފަސޭހަކަމާއި އެކީ ސްކޭން ކުރެވޭނެ ގޮތް ހެދުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.
މަޝްވަރާ ކުރެވުނު ކަންތައްތައް ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކޭ.އާރު.އެޗް ގެ ސީ.އީ.އޯ އަހްމަދު ދާއޫދު ވިދާޅުވިއެވެ. އަދި ހަނިމާދޫ ކައުންސިލާއި އެކު ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ދާނެކަމަށާއި ދަތުރުތައް ކުރުމުގައި ދަތި ތަކެއް ހުންނަކަން ފާހަގަ ކުރެއްވިއެވެ.
އެއާއިއެކު ހަނިމާދޫ ކައުންސިލް ނައިބު ރައީސް ވަނީ ހަނިމާދޫ އަށް ކުރާ ދަތުރު ތަކުގައި ހުންނަ ހުރަސްތައް ހައްލުކުރަން ހަނިމާދޫ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.