ސްކައުޓް ކައުންސިލްގެ އާ މެމްބަރުންނާ ލިޔުން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ގައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަންކުރި މެމްބަރުންނަށް މަގާމުގެ ލިޔުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހަވާލުކޮށް ދެއްވައިފި އެވެ.

ކައުންސިލްގައި ހިމެނެނީ 10 މެމްބަރުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސްކައުޓް ކައުންސިލަށް އަލަށް އައްޔަންކުރި މެމްބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވުމަށް ފަހު ރައީސް ވަނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ފަރާތުން ވަނީ ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައީސަށް ދީފައިވެ އެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ދަތިތަކުގެ މައުލޫމާތު ބައްދަލުވުމުގައި އެސޯސިއޭޝަންގެ ފަރާތުން ހިއްސާކުރި އެވެ.

ބައްދަލުވުމުގައި ރައީސް ވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރައްވައިފަ އެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ