އެއްވެ އުޅުމުގެ ޙައްޤު ހަނިކުރާ މާއްދާ ބާތިލުކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

ޚަބަރު ފަހުގެ

އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމަށް، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި އަމިއްލަ ފަރާތްތަކަކުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ހިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން ލިބޭގޮތަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅާފައިވަނީ ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ “ދިޔަރެސް” ނޫހުގެ މުއައްސިސުން ކަމުގައިވާ އަޙްމަދު އަޒާނާއި އަޙްމަދު އިބްރާހީމާއި، ޝިފްޒާން އަޙްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހަނިކުރާ މިންވަރަށް ކަމުގައި ކަމަށް ބުނެފައިވާ ކަމަށް މި މައްސަލައިގާ ވަނީ ބުނެފައެވެ.

މި މައްސަލަ ހުށަހެޅުއްވި ދިޔަރެސް ނޫހުގެ ޗީފް އެޑިޓަރ އަހުމަދު އަޒާން ބުނި ގޮތުގައި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ 24 ވަނަ މާއްދާއަށް އިތުރު ކުރި އަކުރު – (ޅ) – އަކީ ޤާނޫނުއަސާސީއާ ޚިލާފު، ބާޠިލު މާއްދާއެއްކަމަށް ކަނޑައަޅުއްވައިދިނުމަށް އެދިއެވެ.

މީގެ އިތުރުން އަޒާން ބުނެފައިވަނީ ޤާނޫނުގެ މި މާއްދާ އުވާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް ކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށް ވެސް އެ ވައުދު އޮތީ ނުފުއްދި ކަމަށެވެ. އެހެންކަމުން ހައިކޯޓުން މި މާއްދާ ބާތިލު ކުރާނެ ކަމަށް އުންްމީދުކުރާ ކަމަށެވެ.

2013 ވަނަ އަހަރު ފާސްކުރި އެއްވެ އުޅުމުގެ ޙައްޤުގެ ޤާނޫނަށް 2016 ވަނަ އަހަރު އިތުރުކުރި އަކުރުގައި ބުނެފައިވަނީ ވެރިރަށް މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވާނަމަ އެކަން ކުރެވޭނީ ލިޔުމަކުން ފުލުހުންގެ ހުއްދަ ހޯދައިގެން، ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ