ހިތާދޫ އައު އިންޖީނުގެއިން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތްދޭން ފަށައިފި

ޚަބަރު ފަހުގެ

ބ. ހިތާދޫގެ އައު އިންޖީނުގެއިން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވީ، ބ. ހިތާދޫގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުންދިޔަ ދުވަސްވީ އިންޖީނުގެ ނިއްވާލާ، މުޅިން އައު އިންޖީނު ގެއަކުން އެރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފެނަކަ އިން ވިދާޅުވީ، އެކުންފުނިން ރަށްރަށުގައި އަލަށް އިމާރާތްކުރަމުންގެންދާ ޒަމާނީ ފެންވަރުގެ އިންޖީނުގެތަކުގައި ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތްތަކާއި، ރައްކާތެރިކަމާއެކު ތެޔޮ ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އައު އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ