ބަނދަރުގެ ބޭރު ތޮށީގެ ދެފަރާތުގައި ހިލަ ޖައްސަން ފަށައިފި؛ ހަނިމާދޫ ކައުންސިލުން ރަނގަޅަށްވެސް ރައްޔިތުން ގުނބޯ ހައްދައިލީދޯ!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން ރަނގަޅަށްވެސް ރައްޔިތުން ގުނބޯ ހައްދައިލައިފިއެވެ.

ހަނިމާދޫ ކައުންސިލުން މާރޗް މަހު 10 ވަނަ ދުވަހު ރައްޔިތުން އެއްކޮށް ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރިއެވެ. އެރޭ އެތަނަން އެއްވެފައިވާ ރައްޔިތުންގެ އިއްތިފާގުން ފާސްކުރީ ހަނިމާދޫ ބަނދަރުގެ ބޭރު ތޮަށީގެ ބޭރު ފަރާތުގައި ހިލަޖެއްސި ކަމުގައި ވީނަމަވެސް އެތެރޭގައި  އެލް ބުލޮކް ޖަހާ ބަނދަރުގެ ބޭރު ތޮށި ހެދުމަށެވެ. އަދި އެގޮތަށް ނެހެދޭނަމަ އެ މަޝްރޫޢު ވަގުތުން ހުއްޓާލުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެރޭ ކައުންސިލުން ބުނެފައިވަނީ ރައްޔިތުންގެ ނިންމުން ތަންފީޒު ކުރުމަށް އެ ނިންމުން ހިފައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށްވެސް ދާނެކަމަށެވެ.

ހިތާމައަކީ މިއަދު ހިލަޖައްސައިގެން ބޭރު ތޮށީގެ އެތެރެފަރާތް ހެދި އިރުވެސް އެ ޝަކުވާ ހިފައިގެން ރައީސްގެ އަރިހަށް ދިޔަތަން ފެންނަން ނެތުމެވެ. ނުވަތަ ބައްދަލުކުރަން އުޅެމެ ބައްދަލު ނުވީހެއްޔެވެ. އެއް ގޮތަކީ މެންބަރުން ކަންނެތީއެވެ. އަނެއްގޮތަކީ ސަރުކާރުގެ މެންބަރުންނަށް ސަރުކާރުން އަޅައިނުލީއެވެ. ވަގުތު ނުދިނީއެވެ. އަޑު ނޭހީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ