އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި

ޚަބަރު ފަހުގެ

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

މުހިއްމު ނިންމުންތަކެއް ޝެޑިއުލްކޮށްފައިވާ ކޮންގްރެސް ބާއްވާ ގޮތަށް ކުރިން އޮތީ، އޮގަސްޓް 4 ގަ އެވެ. އެކަމަކު ލަސްކުރީ، އަސާސީ ގަވާއިދުގައިވާ ތާރީހްތަކަށް ބައެއް ކަންކަން ފެއްތުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތަށް ނިންމީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރު މެމްބަރުން ފާސްކޮށްގެންނެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 700 އަށް ވުރެން ގިނަ މެމްބަރުންނާ އެކު ޖޫން، 2018 ގައި އއ. އުކުޅަހުގަ އެވެ. މި ކޮންގްރެސްގައި، އެންމެ މުހިއްމު ނިންމުމަކަށް ވީ، އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން، އެމްޑީޕީން ރައީސަކަށް ނެރޭނެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވުމެވެ. މިގޮތަށް ނިންމީ، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރެއްވި ޕްރައިމަރީ ކާމިޔާބުކުރައްވައި ޓިކެޓް ދީފައިވިޔަސް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު ވަނީ ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ