ސްކޫލްތަކުގައި ޓީބީ ފެތުރޭ ވާހަކައަކީ ދޮގެއް

ޚަބަރު ފަހުގެ

ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއާ ގުޅިގެން “ޓިއުބަރކްލޯސިސް (ޓީބީ)އެލިމިނޭޝަން ޕްރޮގްރާމް” ގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިއަހަރުވެސް ސްކޫލްތަކުގައި މި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓްރީން ބުނީ ޓީބީ ބައްޔަކީ ރާއްޖެއިން ފެނިފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ބައްޔަކަށްވާއިރު އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން މަދުން ނަމަވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިފަދަ ކޭސްތަކުގައި އެ މިނިސްޓްރީން އަބަދުވެސް އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ޓީބީ ފެތުރެމުން އަންނަކަމުގެ މަޢުލޫމާތުތައް ފެތުުރުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައިވެސް ނުތަނަވަސްކަން އުފެދިދާނެފަދަ ކަމަކަށްވާތީ ހަޤީގަތެއްނެތް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެ މިނިސްޓްރީން އިސްކަންދޭނެ ކަމެއްކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ