ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސް.ޓީ.އޯ އިން ފާސްކޮށްފި

ޚަބަރު ފަހުގެ

ހިއްސާއަކަށް 65 ރުފިޔާ ބަހަން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފާސްކޮށްފިއެވެ.

އެސް.ޓީ.އޯ އިން މިގޮތަށް ފާސްކުރީ އެކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައިއެވެ.

އިޝްތިހާރު
އިޝްތިހާރު

މެރީނާ އެޓް ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ކޮންމެ ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސް.ޓީ.އޯ.އިން ފާސްކުރިއިރު، މިއަހަރު އެސް.ޓީ.އޯއަށް 487 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިގެން ދިޔައެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ތެޔޮ ވިއްކައިގެންނެވެ. އަދި ހަމަ އެހެންމެ، މަސްވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރިއާއި ޝިޕިންގެ ވިޔަފާރިންވެސް އެކުންފުނިން ނިމިދިޔަ އަހަރު ބޮޑު އާމްދަނީ އެއް ހޯދިއެވެ. ހިއްސާއަކަށް 65 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރިއިރު، މިއީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވެސް ފާސްކުރިގޮތެވެ.

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުނި، ފިޔުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޑެލިވަރ ކުރަ ތެލުން އަދި އެނޫންވެސް ގޮތްގޮތުން ވިކުނު ތެލުން އެސް.ޓީ.އޯއަށް ނިމިދަޔަ އަހަރު ބޮޑު ފައިދާއެއް ލިބިގެން ދިޔައިރު، އެސް.ޓީ.އޯގެ އަހަރީ ރިޕޯޓް ދެއްކިގޮތުން މުޅި އެސް.ޓީ.އޯ ގްރޫޕަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް، މުޅި ޖުމްލަ އާމްދަނީ އިތުރުވާނެއެވެ.

ނިމިދިޔަ 2020 ވަނަ އަހަރު ހިއްސާއަކަށް ބަހަން އެސް.ޓީ.އޯއިން ނިންމީ ހިއްސާއަކަށް 60 ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ