ފިލްމީ ތަރިން ކަމަށްވާ އަޒޫ އާއި ސައީދު ޖޭޕީ އަށް ސޮއިކޮށްފި

ފަހުގެ ސިޔާސީ

ކައިވެނިކޮށްގެން އުޅޭ ދެ ފިލްމީ ތަރިން ކަމަށްވާ ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދު ޖުމްހުރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފި އެވެ.

ދެ ތަރިންގެ ފޯމާ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދެވެ. ސައީދު ބުނީ އެ ޕާޓީއާ ގުޅުނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ދެގޮތެއް ނުވެ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގައި ސާބިތުވެ ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. އަދި ޖޭޕީއާ ގުޅިގެން ކުރިއަށް ދެވޭނެ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ވެސް އެ ޕާޓީ އަށް ބައެއް ފިލްމީ ތަރިން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އާޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ވަލީދާ ވަލީދު އާއި އެކްޓަރު އަހުމަދު އަޒުމީލް (އަޒޭ) ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ