މިއަދު ހަވީރު 16:00 ން 18:00 އަށް ހަނިމާދޫގައި އިންޖީނުލީ އުޅަނދު ފަހަރު ދުއްވުން މަނާ

ހަނިމާދޫ ޚަބަރު ފަހުގެ

މިއަދު ހަވީރު 16:00 ން 18:00 އަށް ހަނިމާދޫގައި އިންޖީނުލީ އުޅަނދު ފަހަރު ދުއްވުން މަނާ ވާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

މިއަދު އެވަގުތުގައި އިންޖީނުލީ އުޅަނދު ދުންވުން މަނާކުރީ “ނޯ މޮޓޯ ވެހިކަލް”ގެ ނަމުގައި ބާއްވާ ހަރަކާތުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާ ގަޑިއެއްގެ ގޮތުގައި މިއަދު ހަވީރު 4:00 ން 6:00 އަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައި ވުމުން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހަރަކާތުގައި ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައި ވެއެެވެ.

ދުނިޔޭގެ ތިމަވެށީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ.

މިއަހަރުގެ މިދުވަހުގެ ޝިއާރަކީ “އޮންލީ ވަން އާރތް-ލިވިން ސަސްޓެއިނަބްލީ އިން ހާމަނީ ވިތް ނޭޗާ”އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ