ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ޝަހީމް ކުށްވެރިކުރައްވައިފި

ޚަބަރު ފަހުގެ

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުށްވެރިކުރައްވައިފިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި ކުރުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަހީމް ވިދާޅުވީ ‏ދުނިޔޭގެ މުސްލިމުންގެ އިޙުތިރާމް ހޯއްދެވި އިންޑިއާގެ ޤައުމީ ލީޑަރު މަހާތަމާ ގާންދީ، މުޙައްމަދު ނަބީކަލޭގެފާނާމެދު ވިދާޅުވެފައިވާ ހެޔޮ ބަސްފުޅުތަކުން އިންޑިއާގެ އަދުގެ ޖީލުގެ ދަރީން ނަމޫނާ ލިބިގަންނަންޖެހޭކަމަށެވެ. އަދި ގާންދީއަކީ ތަފާތު ސަޤާފަތްތައް އެއްބައިވަންތަ ކުރެއްވި ޒަޢީމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ވަނީ ސަލާމާއި ޞަލަވާތްލެއްވި ރަސޫލާއާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކުރުމުގެ އިތުރުން، ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ