ގަމު ތުނޑީ ބަނދަރު ތަރައްގީ ކުރަން ބޭނުންވާ ގަލުގެ އިތުރު ޝިޕްމަންޓެއް ރަށަށް

ޚަބަރު ފަހުގެ

ލ. ގަން ތުނޑީ ބަނދަރު ތަރައްގީ ކުރަން ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަން އެ ރަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ގަން ތުނޑީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މި މަހު ތިން ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އަދި 2،501 އަކަ މިޓަރުގެ ސަހަރައްދެއްގައި ހާބަރު ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެ ސަރަހައްދުގައި ބްރިޖް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

އެ މަޝްރޫއަކީ 24.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީން ބަނދަރު ހެދުމާއި ބިން ހުއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިން މަޝްރޫއުތަކެއް ނިންމާފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ