ރަސޫލާއަށް ފުރައްސާރަކުރި މައްސަަލަ މަޖިލީހުން ބޭރުކޮށްލުމުގައި މެންބަރު ޣަފޫރު ބައިވެރިވުމުން ހަނިމާދޫ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސް ކަންބޮޑުވުން ފާޅުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ރަސޫލާއަށް ފުރައްސާރަކުރި މައްސަަލަ މަޖިލީހުން ބޭރުކޮށްލުމުގައި މެންބަރު ޣަފޫރު ބައިވެރިވުމުން ހަނިމާދޫ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސް އިދުރީސް ﷲޢަބްދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ‏ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމާ ދެކޮޅަށް ހުށައެޅި މައްސަލަ ބޭރުކުރުމަށް ވޯޓު ދިން މެންބަރުންގެތެރޭގައި ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ހިމެނޭކަމަށާއި މިކަމުންވެސް ވިސްނާ ފިކުރުކުރާ ބަޔަކަށް މިއީވެސް ޢިބުރަތް ވާކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އިންޑިއާ އައުޓް ފާރުގައި ލިޔުމުން ހަނިމާދޫ ކައުންސިލުން ޤަރާރު ނެރުނު ފަދައިން ލޮބުވެތި މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަކުރުމާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން މެންބަރު ޢަފޫރު ވޯޓު ދީފައިވާތީ އެކަން ކުށްވެރިކޮށް ޤަރާރެއް ނެރުމަށް ހަނިމާދޫ ކައުންސިލަށް ގޮވާލަކަމަށެވެ.

އިއްޔެ މަޖިލީހަށް ހުސައެޅި ޤަރާރަކީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިނުވާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެކެވެ.

ރޭގެ ވަގުތެއްގައި ސަރުކާރުންވަނީ އެކަން ކުށްވެރިކޮށް ފިނި ޤަރާރެއް ނެރެފައިވާއިރު، އިސްލާމީ ގައުމުތަކުންނާއި ޖަމާޢަތްތަކުން ދަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. އަދި ބައެއް އިސްލާމީ ގައުމުތަކުން އަންނަނީ އިންޑިއާ ސަރުކާރުން މުސްލިމުންގެ ކިބައިން މަޢާފަށް އެދުމަށްވެސް ގޮވާލަމުންމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ