އައްޑޫ ޒުވާނާގެ މަރު: 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް

ޚަބަރު ފަހުގެ

އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ރޭ ހައްޔަރުކުރި ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ

ފޭދީ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21، ގެ މަރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ބަންދަށް 10 ދުވަސް ދީފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ރަށު ތެރޭގައި އަމާން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ