ބީއެމްއެލް ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ އެ މަގާމުގައި ހުންނެވި ޓޮމޮތީ ސޯޔާ (ޓިމް) މަގާމު ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން އެ މަގާމުން ޓިމް ރަސްމީކޮށް ވަކިވާނީ އަންނަ މަހުގެ ތެރޭގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 15 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު ސީނިއާ އެގްޒެކެޓިވް މެނޭޖްމެންޓްގެ ދާއިރާ އިން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށެވެ. އަދި ލީޑަޝިޕާއި މެނޭޖްމެންޓް ސްކިލްސް ހުރުމުގެ އިތުރަށް ބޭންކިން އަދި ފައިނޭންސްގެ ދާއިރާ އިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވެސް ވާންޖެހެ އެވެ.

މި މަގާމަށް މީހަކު ހޯދަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އަދި މަސައްކަތަށް ބެލުމަށްފަހު ކޮންޓްރެކްޓް އިތުރަށް ދަންމާލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ