ކައުންސިލްގެ ރައީސަށް ވޯޓުގައި ބައިވެރިވެވޭނީ ވޯޓު އެއްވަރުވާ ހާލަތެއްގައި ކަމަށް ކަނޑައަޅައިފި

ޚަބަރު ފަހުގެ

ލޯކަލް ކައުންސިލްތަކުގެ ރައީސުންނަށް، އެ ކައުންސިލްތަކުގެ ރަސްމީ ޖަލްސާތަކުގައި ވޯޓު ދެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފިއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، އެލްޖީއޭއިން މިއަދު ބުނީ، ކައުންސިލްތަކުގެ ރަސްމީ ޖަލްސާތަކުގައި ކައުންސިލްގެ ރައީސުން ވޯޓު ދިނުމާއި ގުޅޭގޮތުން 05 ޖޫން 2022 ވަނަ ދުވަހު ބޭއްވި އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ބައްދަލުވުމުން ނިންމާފައިވަނީ، ކައުންސިލްގެ ޖަލްސާގެ ރިޔާސަތުގައި އެވަގުތު އިންނަ ފަރާތް ވޯޓުގައި ބައިވެރިވާންވާނީ ވޯޓު އެއްވަރު ވެއްޖެ ހާލަތެއްގައި ކަމަށެވެ. ނަމަވެސް މުޅި ކައުންސިލްގެ އަގުލަބިއްޔަތުން ނިންމަންޖެހޭ ކަންކަމުގައި ނިންމުމެއް ނިންމަން ފާސްކުރަން މަދުވަނީ 1 ވޯޓު ކަމުގައި ވާނަމަ ރިޔާސަތަށް ވޯޓުގައި ބައިވެރި ވެވިދާނެކަމަށް ވެސް ބޯޑުން ނިންމާފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ