ޑެތު އޮން ދަ ނައިލް ގެ ޓްރެއިލާ ދައްކާލައިފި

މުނިފޫހި ފަހުގެ

ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު “ޑެތު އޮން ދަ ނައިލް” ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އަލީގެ ތިން ވަނަ ހޮލީވުޑް ޕްރޮޖެކްޓެވެ. އޭނާ ކުރިން ވަނީ “ފާސްޓް އެންޑް ފިއުރިއަސް 7” އާއި “ވިކްޓޯރިއާ އެންޑް އަބްދުލް” ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަންނަ އޮކްޓޯބަރު މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ “ޑެތު އޮން ދަ ނައިލް” ގެ ކާސްޓުންގެ ތެރޭގައި ގަލް ގެޑޯ، އާމީ ހެމާ، ރަސަލް ބްރޭންޑް އަދި ލެޓީޓިއާ ރައިޓް ފަދަ ތަރިން ހިމެނެ އެވެ. މި މިސްޓްރީ ތުރިލާ ޑައިރެކްޓްކޮށްފައި ވަނީ ކެނެތު ބްރަނާ އެވެ.

“ފުކްރޭ” ފްރެންޗައިޒްގެ ބަތަލު އަލީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އިން ސްޓްރީމްކުރި ކޮމެޑީ ފިލްމު “ހައުސް އެރެސްޓް” އިންނެވެ.

https://twitter.com/alifazal9/status/1296074739761524737?s=19


އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ