މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން – ނަޝީދު

ޚަބަރު ފަހުގެ ސިޔާސީ

މިހާރު ރާއްޖޭގެ ހާލަތަކީ އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫން ކަމަށް، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިގޮތަށް ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި 2023ގެ ރިޔާސީ އިންތިހާބުގައު ވާދަކުރުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމަށް ރައްދުދެއްވައި ނަޝީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާ މެދު ވިސްނައި ހަމަ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.

“ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާތީ ދަންނަވަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދުގެ ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނަކާއެކު ކަމަށާއި ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް “ޗޮއިސް” އަކީ އެމަނިކުފާނު ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ