ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވާގޮތުން އެ ކައުންސިލުގެ ރަސްމީ ސިއްކަ ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ލައްވާ ފަރާތް ތަކުން 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް info@hanimaadhoo.gov.mv އަށް ފޮނުއްވަން ޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު


މިގޮތުން ހުށަހަޅާ ސިއްކަ ތަކުގެ ތެރެއިން ހަނިމާދޫ ކައުންސިލުން އިޚްތިޔާރުކޮށް އެ ކައުންސިލުގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހަޅުއްވާ ފައިވާ ފަރާތަކަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވެސް ވަނީ ހަނިމާދޫ ކައުންސިލުން ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ