ހައި ސްޕީޑް ފެރީގެ ހިދުމަތަށް ޕޯޓަލް އަދި އެޕްލިކޭޝަނުން މިހާރު ޓިކެޓު ނެގޭނެ!

ޚަބަރު ފަހުގެ


ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު ޓިކެޓް ބުކްކުރުމަށް ޕޯޓަލްއަކާއި މޮބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަން އެޕް ސްޓޯއިންނާއި ގޫގުލް ޕްލޭއިންވެސް ޑައުންލޯޑް ކޮށްލެވޭނެއެވެ.

ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޕޯޓަލްއަށް ވަންނަގޮތް ކިޔައިދީ ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. މި ޚިދުމަތުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރްޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ދަތުރު ކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވިދާނެ ކަމަށާއި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެކުއްޖާއަށް ދަތުރު ކުރެވޭނެކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޓިކެޓް ބްކްކުރުމަށް ޕޯޓަލްއާއި އެޕްލިކޭޝަން ތަޢާރަފްކޮށްފައިވާއިރު މިހާރު ވަނީ ޒޯން 1 ގެ ރަށްތަކަށް ދަތުރުކުރާނެ އަގުތައްވެސް އާއްމުކޮށްފައެވެ. މިގޮތުން ޒޯން 1 ގައި މިހާރު ފެރީގެ ޚިދުމަތް ފަށާފައިވާ ރަށްތަކުން ދަތުރުކުރުމަށް އެއްކޮޅު ޓިކެޓްގެ އަގުތައް އުޅޭނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައެވެ. އަދި ރިޓާން ޓިކެޓްގެ އަގުތައް އުޅެނީ 65 ރުފިޔާއިން ފެށީގެން 200 ރުފިޔާ އާ ދެމެދުގެ އަގުތަކުގައެވެ.

ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް”ގެ ޚިދުމަތް ފެށީ މިދިޔަ މަހުގެ 2ވަނަ ދުވަހުއެވެ. ފުރަތަމަ ޚިދުމަތް ފެށީ ހދ.އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތަކެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ