ކޮންޓެއިނަރުން ފެނުނީ 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި – ކަސްޓަމްސް

ޚަބަރު ފަހުގެ

ރާއްޖެއަށް އެތެރެ ކުރި ކޮންޓެއިނަރަކުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮންޓެއިނަރުގެ ތެރެއިން ފެނިފައިވަނީ 15.5 ކިލޯ ހަޝިޝް އޮއިލް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކޮރިންއިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ތިން ދުވަސް ވަންދެން ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް އޭގައި ހުރިކަމަށް ޝައްކުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ ކޮންޓެއިނަރުން މަސްތުވާތަކެތިި ފެނުނު މައްސަލަ ތަހުގީގުކުރުމަށްޓަކައި އެ މަސްތުވާތަކެތި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ