ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތް ފެށުމަށް 13 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާކަމަށެވެ. މި މަޝްރޫއަކީ އޯރކިޑް ހޯލްޑިންގގެ ފަރާތުން ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިމަޝްރޫއުުގެ ދަށުން 557 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެކުންފުނިން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫރުތައްވެސް ހިންގާފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެމްޓީސީސީން ނިންމާ ހަވާލުކޮށްފައިވާ ‘ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އެޮފް 3 ޑިފަރެންޓް އައިލެންޑް” އަކީ ފާހަގަ ކޮށްލެވޭ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ