ކަރަންޓް މީޓަރު ޓެސްޓް ކުރުމުގެ ހިދުމަތަށް އިންގިލާބެއް

ޚަބަރު ފަހުގެ

ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރ ޓެސްޓް ކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ފެނަކައިގެ ފަރާތުން މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކަ އިން ބުނީ މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް، މި މަސް ނިމުމުގެ ކުރިން ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ޚިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ޚިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ޚިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ވަނީ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ޚިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ޙައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ހެދުން ކަމަށް ބުނެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ