ގުރައިދޫ ޓާފް ދަނޑު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުއްވައިދެއްވައިފި

ކުޅިވަރު ފަހުގެ

މި ސަރުކާރުން ކ. ގުރައިދޫގައި އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

މި ދަނޑު ރަސްމީކޮށް ހުޅުވައިފައިވަނީ އެކަމަށްޓަކައި އާދީއްތަ ދުވަހުގެ ހަވީރު ގުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ދަނޑާއެކު ހަނދާނަށް އަންނަނީ މީގެ ތިރީސް އަހަރުކުރިން ގުރައިދޫއަށް ފުޓްބޯޅަ ކުޅެން ގޮސް އުޅުނު ހަނދާންތައް އާވެގެންދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި އޭރުވެސް މިހާރުވެސް ފެންނަނީ ގުރައިދޫއަކި އެކުވެރި ރައްޔިތުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދަނޑު ހުޅުވުމަށްފަހު ވަނީ ގުރައިދޫގެ ވެޓަރަންސް ޓީމަކާއި ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފައެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލި ޓީމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދާއި ގޯލްޑަން ކެޕްޓަން އައްސަދު އަބްދުލް ޣަނީ ހިމެނެއެވެ. މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ